ޚަބަރު

އދ. އަތޮޅު ކައުންސިލްގެ އެންމެ ފަހުގެ ޚަބަރުތަކާއި އަޕްޑޭޓްތައް

ސަލްފް ރިޙްލާ 2025 މި އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލާއިފިރަސްމިއްޔާތު
16/11/2026

ސަލްފް ރިޙްލާ 2025 މި އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލާއިފި

ސަލަފް ރިޙްލާ 2025 އަކީ ޖަމްޢިއްޔަތުއްސަލަފާއި މިކައުންސިލާއި ގުޅިގެން މި އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކެއްގެ ބައިވެރިވުމާއެކު އަތޮޅު ރައްޔިތުންގެ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަމާއި ޞިއްޙީ ދުޅަހެޔޮކަމާއި، ފަންނުވެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްސަދުގައި ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 30 އިން ނޮވެންބަރު 3 ގެ ނިޔަލަށް މި އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައެވެ. ސަލަފް ރިޙްލާ 2025 ހިމެނޭ ޕްރޮގްރާމްތަކުން މި އިދާރާގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ މުހިއްމު ކަންކަން ވަނީ ހާސިލުވެފައެވެ.

އިތުރަށް ކިޔާލުމަށް
“ސަލަފް ރިޙްލާ 2025” އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމުނާމާގައި ސޮއިކުރައްވައިފިއެއްބަސްވުން
01/10/2026

“ސަލަފް ރިޙްލާ 2025” އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމުނާމާގައި ސޮއިކުރައްވައިފި

ސަލަފް ރިޙްލާ 2025 އަރިއަތޮޅު ދެކުނުބުރީގައި ބޭއްވުމަށް އދ. އަތޮޅު ކައުންސިލާއި ޖަމުޢިއްޔަތުއްސަލަފާ ދެމެދު ފަހުމުނާމާގައި މިއަދު (01 އޮކްޓޯބަރު 2025) ގައި ސޮއިކުރައްވައިފިއެވެ. މި ފަހުމުނާމާ އަކީ އަރިއަތޮޅު ދެކުނުބުރީގައި އަތޮޅުގެ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަމާއި އަދި ފަންނުވެރިކަން ކުރިއަރުވާ އިތުރުކުރުމަށް ކުރިޔަށް ގެންދަން ޤަސްދުކޮށްފައިވާ ސަލަފް ރިޙްލާ 2025، އދ. އަތޮޅުގެ ރަށްތަކުގައި ބޭއްވުމުގެ މަތިވެރި މަޤްޞަދުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާއެކެވެ.

އިތުރަށް ކިޔާލުމަށް
އދ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެއްބަސްވުން
20/09/2026

އދ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

އދ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް އިމާރާތުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމުން މި މައްސަލަ ހައްލުކުރުމަށް އޮފީސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޖާގަ އިތުރު ކުރުމުގެ މަސައްކަތް އދ. މަހިބަދޫ “މެޓްސް” އާ 2025 ސެޕްޓެމްބަރު 18 ވަނަ ދުވަހު ހަވާލު ކުރައްވައިފިއެވެ.

އިތުރަށް ކިޔާލުމަށް
އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޓީޗާރސް ވާރކްސްޓޭޝަން ހަދިޔާކޮށްފިރަސްމިއްޔާތު
22/06/2026

އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޓީޗާރސް ވާރކްސްޓޭޝަން ހަދިޔާކޮށްފި

މިކައުންސިލްގެ ފަރާތުން ކުރިޔަށްގެންދާ އދ. އަތޮޅުގެ ސްކޫލްތަކުގައި ތިމާވެށްޓާއި ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުގެދަށުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤާއިމް ކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި ހަކަތައިގެ ޕްރޮޖެކްޓަށް 2023 ވަނަ އަހަރު ލިބިފައިވާ ފައިސާއިން އެހީގެ ގޮތުގައި ހޯދުމަށް އެދިލެއްވި ޕްރޮޖެކްޓް ކަމުގައިވާ “ޓީޗާރސް ވާރކްސްޓޭޝަން” ގެ ތަކެތި ޙަވާލުކުރުމުގެ ރަސްމިއްޔާތު 19 ޖޫން 2025 ގެ 11.30 ގައި އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވިއެވެ.

އިތުރަށް ކިޔާލުމަށް
އދ. އަތޮޅުގައި ރުއްގަސް އާލާކުރުމުގެ 2 ވަނަ ޕްރޮގްރާމް ބާއްވައިފި.ޕްރޮގްރާމް
29/10/2025

އދ. އަތޮޅުގައި ރުއްގަސް އާލާކުރުމުގެ 2 ވަނަ ޕްރޮގްރާމް ބާއްވައިފި.

މި ޕްރޮގްރާމަކީ މި ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާފައިވާ ރުއްގަސް އާލާކުރުމާއި، އަތޮޅުން ނެތެމުންދާ ގަސްގަހާގެހި ޙިމާޔަތްކޮށް އާލާކުރުމާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ 5 އަހަރުތެރޭ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިއަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ހިންގާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިއަތޮޅުގެ 8 ރަށުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލުމަށް
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި އދ. އަތޮޅު ތަމްސީލުކުރާ ދަރިވަރުން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން މި ކައުންސިލްގެ ފަރާތުން ޚާއްޞަ ސެޝަންތަކެއް ބާއްވައިފިތަމްރީން
14/09/2025

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި އދ. އަތޮޅު ތަމްސީލުކުރާ ދަރިވަރުން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން މި ކައުންސިލްގެ ފަރާތުން ޚާއްޞަ ސެޝަންތަކެއް ބާއްވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި އދ. އަތޮޅު ތަމްސީލުކުރާ ދަރިވަރުން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން މި ކައުންސިލްގެ ފަރާތުން 2025 ސެޕްޓެމްބަރު 12 އިން 13 އަށް ޚާއްޞަ ސެޝަންތަކެއް ކިރިތި ޤުރްއާނާ ބޭހޭ މަރުކަޒުގެ އދ. މަހިބަދޫ ގޮފީގައި ބާއްވައިފިއެވެ.

އިތުރަށް ކިޔާލުމަށް
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް މި އަތޮޅު ތަމްސީލުކުރާ ދަރިވަރުން ހޮވުމަށް އޮޑިޝަނެއް ބާއްވައިފިރަސްމިއްޔާތު
15/08/2025

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް މި އަތޮޅު ތަމްސީލުކުރާ ދަރިވަރުން ހޮވުމަށް އޮޑިޝަނެއް ބާއްވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް މި އަތޮޅު ތަމްސީލުކުރާ ދަރިވަރުން ހޮވުމަށް އޮޑިޝަނެއް ބާއްވައިފިއެވެ.

އިތުރަށް ކިޔާލުމަށް
އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.ރަސްމިއްޔާތު
14/07/2025

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

އދ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަންގެ އޮފީހެއް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު 2025 ޖުލައި 14 ވަނަ ދުވަހު މިކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މި އެއްބަސްވުން ހަދާފައިވަނީ އދ. އަތޮޅު ކައުންސިލް އިދާރާ އާއި މެޓްސް / އދ. މަހިބަދޫ އާއި ދެމެދުގައެވެ. މި އެއްބަސްވުމުގެ ދަށުން އދ. އަތޮޅު ކައުންސިލް އިދާރާގެ އައު އިމާރާތުގައި އިމިގްރޭޝަންގެ ގޮތްޕެއް ޤާއިމު ކުރުމަށް އޮފީހެއް ހަދާނެއެވެ.

އިތުރަށް ކިޔާލުމަށް
މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފިތަމްރީން
01/07/2025

މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފި

މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔާތު ޤަވާއިދަށް މުވަޒަފުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް މިއިދާރާ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިއަށްގޮސްފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއައީ ޖޫން 23 އިން 25 އަށް އަތޮޅު ކައުންސިލްގެ ޓްރޭނިންގ ރޫމްގައެވެ. މި ޕްރޮގްރާމްގައި ހިމެނުނު ސެޝަންތައް ފެސިލިޓޭޓްކޮށްދެއްވާފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފެސިލިޓޭޓަރުންނެވެ.

އިތުރަށް ކިޔާލުމަށް
އދ. އަތޮޅު ކައުންސިލްގައި މައިކްރޮސޮފްޓް 365 އަދި ޖެމްސް ވާރކް ސްޕޭސް ޓްރޭނިންގ ޕްރޮގުރާމެއް ހިންގައިފިތަމްރީންް
17/06/2025

އދ. އަތޮޅު ކައުންސިލްގައި މައިކްރޮސޮފްޓް 365 އަދި ޖެމްސް ވާރކް ސްޕޭސް ޓްރޭނިންގ ޕްރޮގުރާމެއް ހިންގައިފި

އދ. އަތޮޅު ކައުންސިލްގައި މައިކްރޮސޮފްޓް 365 އަދި ޖެމްސް ވާރކް ސްޕޭސް ޓްރޭނިންގ ޕްރޮގުރާމެއް އދ. އަތޮޅު ކައުންސިލް ގެ އިދާރީ މުވައްޒަފުންނަށް ވަނީ ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމްގެ މަޤުސަދަކީ މައިކްރޮސޮފްޓް 365 އާއި ޖެމްސް ވާރކް ސްޕޭސް އަށް މުވަޒަފުން އަހުލުވެރިކޮށްދީ، މައިކްރޮސޮފްޓް 365ގެ ފީޗާސްތައް އޮފީސް މާހައުލުގައި އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރާނެގޮތް އަންގައިދިނުމާއި އަލަށް ރޯލްއައުޓް ކުރަމުންދާ ޖެމްސް ވާރކްސްޕޭސް އަށް ކައުންސިލްގެ މުވައްޒަފުންގެ އަހުލުވެރި ކުރުމެވެ.

އިތުރަށް ކިޔާލުމަށް
އައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފިޚިދުމަތް
15/06/2025

އައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އދ.އަތޮޅުގައި ފަށައިފިއެވެ. މި ހިދުމަތަކީ މި ކައުންސިލްގެ 2025ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނި ބަޖެޓް ކުރެވިފައިވާ ކަމެކެވެ. އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގައި އައިޑީ ކާޑު ޕްރިންޓިން ސެޓަޕް ތައްޔާރުކޮށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އާއި އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލާއި ދެމެދު ” ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ދިނުމާގުޅޭ އެއަބަސްވުން” ގައި ވަނީ ސޮއި ކުރެވިފައެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން މި އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކުގެ އައިޑީ ކާޑާއި ގުޅޭ މަސައްކަތް ކުރާ މުވައްޒަފުންނަށް ޑީއެންއާރް ޕޯޓަލްއާއި ގުޅޭ ޓްރޭނިން ވަނީ ދެވިފައެވެ.

އިތުރަށް ކިޔާލުމަށް
ޓުއަރިޒަމް ވިޔަފާރިއަށް އަމާޒުކޮށްގެން އދ. މަހިބަދޫގައި “ވުނާރި ފޯރަމް”އެއް ބާއްވައިފި.ފޯރަމް
05/03/2025

ޓުއަރިޒަމް ވިޔަފާރިއަށް އަމާޒުކޮށްގެން އދ. މަހިބަދޫގައި “ވުނާރި ފޯރަމް”އެއް ބާއްވައިފި.

މި އިދާރާއިން އިސްނަގައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން 18 ފެބްރުއަރީ 2025 ވަނަ ދުވަހު އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ “ވުނާރި ފޯރަމް- ޓުއަޒިރަމް އެޑިޝަން” ވަރަށް ކާމިޔާބުކަމާއެކު ވަނީ ނިންމާލެވިފައެވެ. މިއީ މިކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނި ބަޖެޓްކުރެވިގެން، ގެސްޓްހައުސް ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ބިޒްނަސް ޑިވެލޮޕްމެންޓް ސެމިނަރއެއް ބޭއްވުމުގެ މަޤްސަދުގައި ހިންގާފައިވާ ފޯރަމެކެވެ.

އިތުރަށް ކިޔާލުމަށް