
ސަލްފް ރިޙްލާ 2025 މި އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލާއިފި
ސަލަފް ރިޙްލާ 2025 އަކީ ޖަމްޢިއްޔަތުއްސަލަފާއި މިކައުންސިލާއި ގުޅިގެން މި އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކެއްގެ ބައިވެރިވުމާއެކު އަތޮޅު ރައްޔިތުންގެ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަމާއި ޞިއްޙީ ދުޅަހެޔޮކަމާއި، ފަންނުވެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްސަދުގައި ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 30 އިން ނޮވެންބަރު 3 ގެ ނިޔަލަށް މި އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައެވެ. ސަލަފް ރިޙްލާ 2025 ހިމެނޭ ޕްރޮގްރާމްތަކުން މި އިދާރާގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ މުހިއްމު ކަންކަން ވަނީ ހާސިލުވެފައެވެ.




