ދަތުރުފަތުރާއި މުވާސަލާތު

ދަތުރުފަތުރުގެ ޚިދުމަތް ވިލާ އެއަރޕޯޓް މާމިގިލި މުވާސަލާތުގެ ޚިދުމަތް މުވާސަލާތުގެ ޚިދުމަތް

ވިލާ އެއަރޕޯރޓް މާމިގިލި

 

ވިލާ މާމިގިލީ އެއަރޕޯރޓަކީ އަމިއްލަ ފަރާތެއް ތަރައްޤީކޮށް ރާއްޖޭގައި ހިންގާ ހަމައެކަނި އެއަރޕޯރޓެވެ. ރާއްޖޭގައި ގާއިމްކުރެވިފައިވާ ޑޮމެސްޓިކް އެއަރޕޯރޓުތަކަށް ބަލާއިރު މި އެއަރޕޯރޓަކީ އެންމެ މިހާރުގެ ވަސީލަތްތަކާއިއެކު ވަރަށް ފުރިހަމަޔަށް ތައްޔާރުކޮށްފައިވާ އެއަރޕޯރޓެކެވެ. މިމަސައްކަތަކީ އަތޮޅު ތަރައްޤީއަށް ވިލާ ގްރޫޕްގެ ޗެއަރމަން އޮނަރަބަލް އަލްފާޞިލް ގާސިމް އިބްރާހީމް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ވަރަށްބޮޑު މަސައްކަތެކެވެ.