ދަތުރުފަތުރާއި މުވާސަލާތު

ދަތުރުފަތުރުގެ ޚިދުމަތް ވިލާ އެއަރޕޯޓް މާމިގިލި މުވާސަލާތުގެ ޚިދުމަތް

ދަތުރުފަތުރާއި މުވާސަލާތު

އދ. އަތޮޅަކީ ކަނޑާއި ވައިގެމަގުން ދަތުރުފަތުރު ކުރެވޭ ފުރުސަތުތައް ފުޅާވެ ތަނަވަސްވެފައިވާ އަތޮޅެކެވެ. ވިލާއެއަރގެ ފަރާތުން އޮޕަރޭޓްކުރާ ފްލައިމީ މަތިންދާބޯޓްގެ ދަތުރުތައް މާމިގިއްޔަށް ދުވާލާއި ރޭގަނޑު ކުރެއެވެ. އަދި އޭގެ އިތުރުން ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމަށް ޚިދުމަތްދޭ އެއަރޓެކްސީއާއި ޓްރާންސް މޯލްޑިވިއަން އެއަރވޭސް އިންވެސް 16 ރިސޯޓަށް ދުވާލަކު އެތައް ދަތުރެއް ކުރެއެވެ. މިނިޒާމުގެ ތެރެއިންވެސް ރިސޯޓުތައް މެދުވެރިވެގެން އާންމުންނަށްވެސް ދަތުރު ކުރުމުގެ ފުރުސަތު އޮވެއެވެ.

 

އަތޮޅުތެރޭގެ އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއްވަނީ ގާއިމްކުރެވިފައެވެ. އެގޮތުން ހުކުރުދުވަސް ފިޔަވައި އެހެންދުވަސްތަކު ހަމަޖެހިފައިވާ ގަޑިތަކު އަތޮޅުގައި ހިމެނޭ ހުރިހާ ރަށަކަށް ދަތުރުކުރެއެވެ. ދަތުރުތައް ހަމަޖެހިފައިވަނީ އަތޮޅުގެ ވެރިކަން ކުރާރަށް ނާރެހަކަށް ބަލައިގެންނެވެ. އެމް.ޓީ.ސީ.ސީ އިން ކުރާ މިދަތުރުތައް ހަމަޖެހިފައިވާ ޝެޑިއުލްގައިވާ ގޮތުގެ މަތިން ހަފްތާއަކު 3 ދުވަހު މާލެއަށް ކުރެއެވެ. މީގެއިތުރުން ޕްރައިވެޓް ފެރީ ދަތުރުތައް މަހިބަދޫ އާއި މާމިގިލިން މާލެއަށް ކުރެއެވެ. އަދި އަތޮޅު ތެރޭގައި އެއްރަށުން އަނެއްރަށަށް ޕްރައިވެޓް ލާންޗް ދަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

 

ޕްރައިވެޓް ފެރީގެޚިދުމަތްދޭ ފަރާތްތައް:

މަހިބަދޫ

ވެރޯނާދޯނި

ފޯން: 7752856

 

މާމިގިލި

އެފް . ވީ ކޮއި

ފޯން: 7904187

 

އަތޮޅުފެރީގެ ޚިދުމަތް