ދަތުރުފަތުރާއި މުވާސަލާތު

ދަތުރުފަތުރުގެ ޚިދުމަތް ވިލާ އެއަރޕޯޓް މާމިގިލި މުވާސަލާތުގެ ޚިދުމަތް

މުވާސަލާތުގެ ޚިދުމަތް

 

 

ޒަމާނީ މުވާސަލާތީ ޚިދުމަތްތަކަކީ މުޅިއަތޮޅުގައިވެސް އެކަށީގެންވާ ގޮތެއްގައި ތަރައްޤީކުރެވިފައިވާ ޚިދުމަތްތައްކެކެވެ. ކޮންމެމީހަކަށްވެސް ރާއްޖޭގެ ކޮންމެ ދިމާއަކުހުރެ، ދުނިޔޭގެ ކޮންމެ ތާކަށްވެސް ގުޅާލުމުގެ ޚިދުމަތްތައް ވަނީފަހިވެފައެވެ.

މިއަތޮޅުގެ މުވާސަލާތީ ޚިދުމަތަށް ބަލާއިރު ދިރާގާއި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ޖީ. އެސް. އެމް ކަވަރޭޖް ހުރިހާ ރަށަކަށް ލިބެއެވެ. ކޮންމެރަށަކަށްވެސް ފަސޭހަކަމާއެކު ފެކްސް ކުރުމާއި ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތްތައް ލިބެއެވެ. ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ އެންމެބޮޑު އެއްކުންފުނި، ދީރާގުގެ ސަބްސްޓޭޝަނެއް މިއަތޮޅުގެ ދަނގެތީގައި ގާއިމްކުރެވިފައިވެއެވެ. ދިރާގު އިންޓަރއެޓޯލް ފައިބަރ އޮޕްޓިކް ކޭބަލްވެސް ދަނގެތީ މަރުކަޒާއިވަނީ ގުޅާފައެވެ.