ޚަބަރު

އޮފީސްތަކުގެ 8 ވަނަ ފުޓްސަލް މުބާރާތް ފައްޓައިފި

އދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މަހިބަދޫގައި ހުރި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ބާއްވަމުންއަންނަ "އޮފީސްތަކުގެ 8 ވަނަ ފުޓްސަލް މުބާރާތް 2016" މިއަދުހަވީރު މަހިބަދޫ ފުޓްސަލް ދަނޑުގައި ފެށިއްޖެ.   ޖުމްލަ 8 ޓީމް 2 ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗްގައި ގްރޫޕް އޭގެ 2 ޓީމްކަމަށްވާ އަތޮޅުކައުންސިލްގެ ޓީމާއި، މަހިބަދޫ މެޖިސްޓްރޭޓްކޯޓް، އެމް.އާރ.ޑީ.ސީ، ވިލާކޮލެޖް ޓީމް ބައްދަލުކޮށް 11 ލަނޑު 5 ލަނޑުން މެޗް ކާމިޔާބުކުރީ އަތޮޅުކައުންސިލްގެ ޓީމް. މެޗްގެ މޮޅުކުޅުންތެރިޔަކީ އަތޮޅުކައުންސިލް ޓީމްގެ ޖާޒީ ނަންބަރު 7 މޫސާ ސިރާތު

       މުބާރާތުގެ 2 ވަނަ މެޗްގައި ގްރޫޕް ބީ ގައި ހިމެނޭ ޕޮލިސް (A) ޓީމާއި، މަހިބަދޫކައުންސިލް، އަތޮޅުތަޢުލީމީ މަރުކަޒުގެ ޓީމް ބައްދަލުކޮށް 9 ލަނޑު 5 ލަނޑުން މެޗް ކާމިޔާބުކުރީ މަހިބަދޫކައުންސިލް،އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމް.... މެޗްގެ މޮޅު ކުޅުންތެރިޔަކީ މަހިބަދޫކައުންސިލް، އަތޮޅުތަޢުލީމީ މަރުކަޒުގެ ޓީމްގެ ޖާޒީ ނަންބަރު 5 ޢަބްދުﷲ މިދުހަތު ފަހުމީ..

       މި މުބާރާތުގެ ކުޅުން މާދަމާ ހަވީރުވެސް އޮންނާނެ.  ހަވީރު ކުޅެވޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ފެނަކަ، ސްޓެލްކޯ ޓީމާއި، ޕޮލިސް (B) ޓީމް.  ހަވީރު ކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ ޔުނައިޓެޑް ބީ.އެމް.އެލް އާއި ހޮސްޕިޓަލްގެ ޓީމް. މެޗްތައް ފެށޭނީ ހަވީރު 04:15 ގައި.

ކޮމެންޓް ކުރައްވާ
ނަން
އީމެއިލް (ޕަބްލިޝް ނުކުރާނެ)
ކޮމެންޓް

Please Enter both words below, separated by a space
Loading Comments