ޚަބަރު

ޢދ. މާމިގިލީގައި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި.

އދ.އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ދެމެދުސޮއި ކުރެވުނު އެމް. އޯ. ޔޫ. ގެ ދަށުން އދ. މާމިގިލީގައި ހިންގި ސެޓްފިކެޓް 3 އިން އޮފީސްމެނޭޖްމަންޓް ކޯސް ނިންމާ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް 21 ޖުލައި 2016ވަނަ ދުވަހުގެ ހަވީރު ސެޓްފިކެޓް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ޚިދުމަތުގައި ތިއްބެވި މުވައްޒަފުންނާ ޚިދުމަތަށް ނުކުންނަން ބޭނުންވާފަރާތްތައް އޮފީސްތަކުގެ މަސައްކަތަށް އަހުލުވެރި ކުރުވުމުގެ މަޤްސަދުގައި2014ވަނަ އަހަރުގައި ތިން މަސްދުވަހަށް ފެށި މިކޯސް ތަފާތު ސަބަބުތަކާހުރެ ނިންމާ ލެވިފައިވަނީ 2015 ވަނަ އަހަރުގައެވެ.

ކޯހުގައި ބައިވެރިވެލެއްވި ޖުމްލަ 30މީހުންގެ ތެރެއިން ކޯސް ފުރިހަމަކޮށްނިންމާ ސެޓްފިކެޓް ހާސިލްކުރީ 11 ބައިވެރިންނެވެ.

އދ. މާމިގިލީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޙަފްލާގައި ސެޓްފިކެޓްބައްސަވައިދެއްވީ ޙަފްލާގެ ޝަރަފްވެރި މެހްމާން އދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލާ ސުހާނާ އާދަމް އެވެ. ޝަރަފްވެރި މެހެމާނުގެވާހަކަފުޅުގައި، މި ކޯސް ފުރިހަމަ ކޮށް ސެޓްފިކެޓް ޙާސިލްކުރެއްވިމުވައްޒަފުން ޚިދުމަތް ދެއްވުމުގައި މި ކޯހުން ދަސްވި ހުނަރުތައްބޭނުންކޮށް ކުރިޔަށްވުރެ ފެންވަރު ރަނގަޅު މީހުން ބަލައިގަންނަ ފަދަ އަވަސްއަދިޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހަމަހަމަ އުސޫލުން ޚިދުމަތް ދެއްވުމަށް އެދިވަޑައިގަތެވެ. އަދި ތަނެއް ތަރައްޤީވެ ކުރިއެރުވޭނީ ޢިލްމީ ޤާބިލް މުޖުތަމައެއް ބިނާކުރެވިގެން ކަމަށާއި މާމިގިލީގައި މިކޯސް ހިންގުމުގައި ސިވިލް ސަރވިސް އިންސްޓިޓިއުޓާއި މާމިގިލީ ކައުންސިލް އިދާރާއިން ކުރެއްވި މަސައްކަތް ފާހަގަކޮށް އެދެފަރާތައް ޝުކުރު އާދާކުރެއްވިއެވެ.

މި ޙަފްލާގައި މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވާހަކަފުޅު ދެއްކެވިއެވެ.މާމިގިލީ ކައުންސިލް ރައީސްގެ ވާހަކަފުޅުގައި މިކަހަލަ ކޯހެއް މާމިގިލީގައި ހިންގިކަމަށްޓަކައި އަތޮޅު ކައުންސިލް އިދާރާއަށާއި ސިވިލް ސަރވިސް އިންސްޓިޓިއުޓްއަށް ޝުކުރު ދަންނަވާ ކަމަށާއި އަދިވެސް މިކަހަލަ ކޯސްތައް މާމިގިލީގައި ހިންގައި ދިނުމަށް އެދިލެއްވިއެވެ.

މިއީ އދ. އަތޮޅުގައި މިކޯސް ހިންގުނު ދެވަނަ ރަށެވެ. މީގެކުރިން ސިވިލް ސަރވިސް އިންސްޓިޓިއުޓާއި އދ. އަތޮޅު ކައުންސިލާއި ގުޅިގެން 2014 ވަނަ އަހަރުގައި މަހިބަދޫގައިވެސް ވަނީ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ކާމިޔާބުކަމާއެކު ހިންގާފައެވެ.

މި ޙަފްލާ ނިމިގެން ދިޔައީ ބައިވެރިނަށް ޙާއްސަ ކުރެވިފައިވާ ބިލެތް މީރުކޮށްލެވުމަކުންނެވެ.

ކޮމެންޓް ކުރައްވާ
ނަން
އީމެއިލް (ޕަބްލިޝް ނުކުރާނެ)
ކޮމެންޓް

Please Enter both words below, separated by a space
Loading Comments