ޚަބަރު

އދ. އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން އދ. އަތޮޅު ރަށު ކައުންސިލްތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.

އދ. އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން އދ. އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުމެއް 20 އޭޕްރީލް 2016 ދުވަހު 11:00 އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އަތޮޅުގެ 10 ރަށުގެ ކައުންސިލުން (މަންދޫ ފިޔަވައި) ކޮންމެ ކައުންސިލަކުން 03 މެންބަރުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކަކީ ބިންބިމާއި ގޯތި ގެދޮރާއި ގުޅޭ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި، ބިންބިމާއި ގޯތީގެ ރަޖިސްޓްރީ ހެދުމުގައި ޢަމަލުކުރަމުންދާ ގޮތްތަކާއި ބެހޭގޮތުން ދެފަރާތުގެ މަޢުލޫމާތު ޙިއްޞާކުރުން ހިމެނެއެވެ. އަދި ރަށްރަށުގެ ރަށުކައުންސިލްތަކުން މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކާއިބެހޭގޮތުން މަޝްވަރާކޮށް އެއް އުޞޫލަކުން ބިމާބެހޭ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެގޮތަށް އެކަން ކުރުމަށް ނިންމުނެވެ.  

       މީގެ އިތުރުން މިއަހަރު ބާއްވާ އަތޮޅު ޤުރްއާން މުބާރާތް، މަހިބަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ މުބާރާތުގެ ޤަވާޢިދާއި މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތާއިބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

       މި ބައްދަލުވުން ނިންމާލާފައިވަނީ 12:30 ގައެވެ.

ކޮމެންޓް ކުރައްވާ
ނަން
އީމެއިލް (ޕަބްލިޝް ނުކުރާނެ)
ކޮމެންޓް

Please Enter both words below, separated by a space
Loading Comments