ޚަބަރު

ސިޔާސީ ކަންކަމުގައި އަންހެނުން އިސްނެގުމާއި ހަރަކާތްތެރިކުރުވުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުން ފައްޓައިފި

ހޯޕް ފޮރ ވިމަން އާއި އދ. އަތޮޅު ކައުންސިލް ގުޅިގެން ސިޔާސީ ކަންކަމުގައި އަންހެނުންގެ އިސްނެންގެވުމާއި ހަރަކާތްތައް އިތުރުކުރުވުމުގެ ގޮތުން މަސައްކަތު ބައްދަލުވުމެއް ވަނީ 02 ޑިސެމްބަރު 2015ގައި ވަނީ ފައްޓާފައެވެ. ހޯޕް ފޮރ ވުމަންގެ ރައީސާ އަލްފާޟިލާ އަނީސާ އަހުމަދު ޝަރަފްވެރިކޮށް ފައްޓަވައި ދެއްވި ތިން ދުވަހުގެ މުއްދަތައް ހިންގާ މިވޯކްޝޮޕްގައި މަހިބަދޫގެ އިތުރުން ދިގުރަށް، ފެންފުށި، ކުނބުރުދޫ އަދި މާމިގިލިން ޖުމްލަ 36ބައިވެރިވެއެވެ. ތިން ސެޝަނަށް ބަހާލައިގެން މަޢުލޫމާތުދޭ މަޢުލޫތަކުގެ ތެރޭގައި ދެޖިންސުގެ މީހުންގެ މެދުގައި އޮންނަ ހަމަހަމަކަން، ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު، އިސްލާމީ ނަޒަރަކުން އަންހެނުންގެ ހައްޤުތައް، އެކިއެކި މަޝްރޫޢުތައް ރާވާހިންގުން ހިމެނެއެވެ.

ކޮމެންޓް ކުރައްވާ
ނަން
އީމެއިލް (ޕަބްލިޝް ނުކުރާނެ)
ކޮމެންޓް

Please Enter both words below, separated by a space
Loading Comments