ޚަބަރު

އދ އަތޮޅުކައުންސިލް އިން ހިނގި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޓިވް ކޯހުގެ ދަސްވެނިވުން ބާއްވައިފި.

އދ.އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ދެމެދު ސޮއި ކުރެވުނު އެމް އޯ ޔޫ ގެ ދަށުން ހިންގި ސެޓްފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް ކޯސް ނިންމާ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް 20 މެއި 2015 ވަނަ ދުވަހުގެ ރޭ ސެޓްފިކެޓް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ޚިދުމަތުގައި ތިއްބެވި މުވައްޒަފުންނާ ޚިދުމަތަށް ނުކުންނަން ބޭނުންވާ ފަރާތްތައް އޮފީސްތަކުގެ މަސައްކަތަށް އަހުލުވެރި ކުރުވުމުގެ މަޤްސަދުގައި 2014 ސެޕްޓެމްބަރގައި ތިން މަސްދުވަހަށް ފެށި މިކޯސް ތަފާތު ސަބަބު ތަކާހުރެ ނިންމާ ލެވިފައިވަނީ 6 މަސްދުވަސް ފަހުން މިއަހަރު މާރިޗުމަހުގައެވެ.

ކޯހުގައި ބައިވެރިވެލެއްވި ޖުމްލަ 57 މީހުންގެ ތެރެއިން ކޯސް ފުރިހަމަކޮށް ނިންމާ ސެޓްފިކެޓް ހާސިލްކުރީ 34 ބައިވެރިންނެވެ. އަދި މި ކޯހުގައި ކިޔަވައި ދެއްވި 8 ލެކްޗަރަރ އިން އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ދެ ލެކްޗަރައިން ހިމެނެއެވެ.

އދ. އަތޮޅުގޭ ގޯތިތެރޭގައި ބޭއްވި މި ޙަފްލާގައި ސެޓްފިކެޓް ބައްސަވައިދެއްވީ ޙަފްލާގެ ޝަރަފްވެރި މެހްމާން ސިވިލްސަރވިސް ކޮމިޝަންގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަންދީދީ.  ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ، މި ކޯސް ފުރިހަމަ ކޮށް ސެޓްފިކެޓް ޙާސިލްކުރެއްވި މުވައްޒަފުން ޚިދުމަތް ދެއްވުމުގައި މި ކޯހުން ދަސްވި ހުނަރުތައް ބޭނުންކޮށް ކުރިޔަށްވުރެ ފެންވަރު ރަނގަޅު މީހުން ބަލައިގަންނަ ފަދަ އަވަސް ރަނގަޅު ޚިދުމަތްތަކެއް ދެއްވުމަށް ގޮވާލެއްވިއެވެ. މި ޙަފްލާގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެކްޓިންގ ސީސީއޯ އަލްފާޟިލާ ފާތީމަތު ޙަބީބާ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.  އެކަމަނާގެ ވާހަކަފުޅުގައި ، އދ އަތޮޅަކީ ތަމްރީނުވާން ބޭނުންވާ މީހުން ތިބި އަތޮޅެއްކަމަށާއި ތަމްރީނު ކޮށްދިނުމުގެ ޝައުޤުވެރިކަން ހުރި އިސްވެރިން ތިއްބަވާ އަތޮޅެއްކަން އުފަލާއެކު ފާހަގަ ކުރެއްވި އަދި މީ މިފަދަ ކޯހެއް ކާމިޔާބުކަމާއެކު އަތޮޅުކައުންސިލް އަކާ ގުޅިގެން ނިންމާލެވުނު ފުރަތަމަ ފަހަރުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މި ފަދަ އެހެން ކޯހެއް މިހާރު އދ މާމިގިލީގައިވެސް މިހާރު އެބަ ހިނގަމުންދެއެވެ.

މި ޙަފްލާގައި އދ. އަތޮޅު ކައުންސިލްގެ ރައީސް ސުހާނާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ކޯހުގެ ސަބަބުން އޮފީހުގެ މަސައްކަތަށް ލިބިގެންދާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އަދި ހަމަ އެއާ އެކު މީހުންބިނާކުރުމަށް އަތޮޅުކައުންސިލް އިން ވަރަށް އިސް ކަމެއްދެމުން ދާކަން ފާހަގަ ކުރެއްވި މި ޙަފްލާގައި ސީއެސްޓީއައި އަށާއި އދ. އަތޮޅުކައުންސިލަށާއި، ކޯހުގައި ކިޔަވައިދެއްވި ލެކްޗަރަރ އިންނަށް ކޯހުގެ ބައިވެރިންގެ ފަރާތުން ހަނދާނީ ޝުކުރުގެ ފިލާވެސް ވަނީ ދީފައެވެ.

މި ޙަފްލާ ނިމިގެން ދިޔައީ ބައިވެރިން ހުށައަޅައިދިން ލަވަޔައަކުންނެވެ.

ކޮމެންޓް ކުރައްވާ
ނަން
އީމެއިލް (ޕަބްލިޝް ނުކުރާނެ)
ކޮމެންޓް

Please Enter both words below, separated by a space
Loading Comments