ޚަބަރު

ސިވިލްސަރވިސް އިންސްޓިޓިއުޓްއާއި އދ. އަތޮޅު ކައުންސިލް އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް އިފްތިތާހްކޮށްފި


ސިވިލްސަރވިސް އިންސްޓިޓިއުޓްއާއި އދ. އަތޮޅު ކައުންސިލް އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް

3  އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ބައިވެރިންނަށް ކޯހާއި ބެހޭގޮތުން އޮރިއެންޓޭޝަން ދިނުން މިއަދު ހެނދުނު 11:15 ގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި އޮތެވެ. މި ކޯހަކީ ބްލޮކް މޯޑަށް ހަފްތާގެ ބަންދުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކޯހެކެވެ. މި ކޯހުގެ އަނެއްބައި ހިންގުމަށް ހަމަޖެހިފައިވަނީ އދ. މާމިގިލީ ގައެވެ. މިބައިވެސް ވަރަށް އަވަހަށް ފެށޭނެވާހަކަ މި އިފްތިތާޙީ ޖަލްސާގެ ޝަރަފްވެރިމެހްމާނު އދ. އަތޮޅު ކައުންސިލްގެ ރައީސް ސުހާނާ އާދަމް ވަނީ ވިދާޅުވެފައެވެ.އދ. އަތޮޅު ކައުންސިލްގެ ރައީސް މިކޯސް އިފްތިތާޙް ކޮށްދެއްވަމުން ކޯހުގެ ބޭނުންތެރިކަމުގެ މައްޗަށާއި، ލިބިގެންދާނެ ފައިދާގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޚަލީލް ދެއްކެވި ވާހަކަފުޅުގައި މިކޯހަކީ މިކައުންސިލުން އިސްނަގައިގެން ސިވިލްސަރވިސް އިންސްޓިޓިއުޓް އާއި ގުޅިގެން އަތޮޅުތެރޭގެ ސިވިލްސަރވަންޓުން ތަމްރީނުކުރުމަށްޓަކައި ހިންގޭ MQA ޤަބޫލްކުރާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއްކަމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރައްވާ
ނަން
އީމެއިލް (ޕަބްލިޝް ނުކުރާނެ)
ކޮމެންޓް

Please Enter both words below, separated by a space
Loading Comments