އިޤްތިސާދު

އިޤްތިސާދީ ހާލަތު ފުރުސަތުތައް ފަތުރުވެރިކަން (ރިސޯޓުތައް)

ފުރުސަތުތައް

 

އދ. އަތޮޅަކީ އިގްތިސާދީ ތަފާތު މަސައްކަތްތައް އިންވެސްޓްކުރުން ފަހި އަތޮޅެކެވެ. މާލެއާ ކައިރިވުމާއި ދަތުރުފަތުރާއި މުއާސަލާތީ ޙިދުމަތް ގާއިމްވެފައި ވުމާއި، ގިރިފަރުގިނަ ގުދުރަތީގޮތުން މުއްސަނދި ރީތި ނަލަ ވެއްޓެއް ލިބިފައިވާ އަތޮޅަކަށް ވާތީ  ވިޔަފާރިއުސޫޫލުން މަސައްކަތްތައް ކުރުމަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެފައިވާ އަތޮޅެއްވެސް މެއެވެ.

 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަ ކޮށްލެވޭ ކުރިއެރުން ހޯދާފައިވުމަކީ އިންވެސްޓްކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

 

އަތޮޅުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކަށް ބަލާލާއިރު ވިޔަފާރި އުސޫލުން ރަށްރަށް ތަރައްޤީކުރުމާއި ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގާއިމްކުރުމާއި ގެދޮރު އިމާރާތް ކުރުމާއި އެކުއަރކަލްޗަރާއި މެރިންކަލްޗަރ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާތައް ފާހަގަ ކުރެވެއެވެ.