އިޤްތިސާދު

އިޤްތިސާދީ ހާލަތު ފުރުސަތުތައް ފަތުރުވެރިކަން (ރިސޯޓުތައް)

އިޤްތިސާދީ ހާލަތު

 

އދ. އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތަކީ ޓްއަރިޒަމް އިންޑަސްޓްރީއާއި ގުޅުންހުރި މަސައްކަތްތަކެވެ. އޭގެ ތެރޭގައި ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމާއި ޑައިވިންގ ދޯނިފަހަރާއި ސަޕްލައި ދޯނިފަހަރު ދުއްވުމާއި ޓްއަރިސްޓް ޝޮޕް ހިންގުމާއި ރިސޯޓްތަކަށް ބޭނުންވާ މަސްބާނާ ވިއްކުން ހިމެނެއެވެ. މި އަތޮޅުގައި މިހާރު ދޮށީގެ މަސްވެރިކަންކުރުން މިހާރު ވަރަށް މަދުވަމުންދާކަން ފާހަގަކުރެވެއެވެ. އަދި އަލަށް އަތޮޅަށް ތަޢާރަފްވެފައިވާ ބޮޑުކަންނެލީގެ މަސްވެރިކަން މަޑުމަޑުން އަތޮޅުގައި ފުޅާވަމުންދާކަން ފާހަގަކުރެވެއެވެ.

04 ސެޕްޓެމްބަރ 2006 ގައި ބޭންކް އޮފް މޯލްޑިވްސްގެ މަހިބަދޫ ބްރާންޗް ހުޅުވިފައިވެއެވެ. މި ބްރާންޗުން ޢާންމުންނަށް ދޭޚިދުމަތްތަކުގެ ތެރޭގައި އެކައުންޓް ސަރވިސް، ލޯން އޯވަރޑްރާފްޓް ލިމިޓްސް، އެލް.ސީ ލިމިޓްސް، އަދި ފޮރިން ރިލޭޓެޑް ސަރވިސްއާއި ކްރެޑިޓްކާޑް، ޑެބިޓްކާރޑްގެ ޚިދުމަތް ހިމެނެއެވެ.

އެހެންކަމުން މިއަތޮޅަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޢާންމުޙާލަތު ރަނގަޅު އަތޮޅަށް ލިބޭ އާމްދަނީން ބޮލަކަށްޖެހޭމިންވަރު އެންމެމަތީ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އެއްއަތޮޅެވެ.