އަތޮޅު ކައުންސިލް

ވިޝަން، މިޝަން ހިންގާ ޤަވާއިދު މަސްއޫލިއްޔަތުތަކާއި ބާރުތައް ޚިދުމަތްތައް އިދާރީ އިންތިޒާމްތައް

ތަސައްވުރު

އދ. އަތޮޅު ކައުންސިލަކީ ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް އެހީތެރިކަމާއެކު އެންމެ މަތީފެންވަރުގެ ޚިދުމަތްދޭ ރައްޔިތުންނަށް ޞިއްޙީ ދުޅަހެޔޮކަމާއި ފުދުންތެރި ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރާ ރާއްޖޭން ފާހަގަ ކޮށްލެވޭ ނަމޫނާ ކައުންސިލަކަށްވުން.

 

މިޝަން

ގާބިިލް ހުނަރުވެރި އިހްލާސްތެރި މުވައްޒަފުން މެދުވެރިކޮށް އަތޮޅު ކައުންސިލުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލިބެންހުރި ވަސީލަތްތައް ފުރިހަމަގޮތުގައި ބޭނުން ކޮށްގެން އެންމެ މަތީފެންވަރުގައި ޚިދުމަތް ރައްޔިތުންނަށް ރައްޓެހިކަމާއެކު ފޯރުކޮށްދިނުން.

 

ޚިދުމަތް ދިނުމުގައި އިޙްތިރާމްކުރަންޖެހޭ ބަހާތައް

ކައުންސިލަރުންނާއި މުއައްޒަފުން ރައްޔިތުންނަށް ޚިދުމަތް ދިނުމުއި އދ. އަތޮޅު ކައުންސިލްގެ މިންތަކަށް އިހްތިރާމް ކުރާނެއެވެ.

 

އިޙްތިރާމްކުރުން

 • އަމިއްލަ ނަފުސަށް އިޙްތިރާމްކުރުމާއި އަމިއްލަ ހެވާއި އަމިއްލަ ގަދަރުވެރިކަމަށް އިޙްތިރާމް ކުރުން.
 • އަމިއްލަ ރައްކާތެރިކަމާއި އެކަުގައި މަސައްކަތްކުރާ މުއައްޒަފުންގެ ރައްކާތެރިކަމަށް އިޙްތިރާމް ކުރުން.
 • ތިމާގެ ދަރިންނާޢި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އިޙްތިރާމްކުރަން އެދޭ ފަދައިން އެކުގައި މަސައްކަތްކުރާ ކައުންސިލަރުންނަށާއި މުއައްޒަފުންގެ އިންސާނީ ކަރާމަތައް އިހްތިރާމް ކުރުމާއިއެކު ހަމަހަމކަން ދެމެހެއްޓުން.
 • ތިމާވެއްޓާއި ރައްޓެހިގޮތްތަކަށް އިހްތިރާމް ކުރުމާއި ދުނީޔޭގެ ދެމިއޮތުމަށް ބައިނަލް އަގްވާމީ ފެންވރުގައި ވިސްނާ އަމިއްލަ ފެންވަރުގައި ފިޔަވަޅު އެޅުން.
 • ރައްޔިތުންގެ ފަރާތުން ބަސްބުނެ ކަންކަން ނިންމުމަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންނަށް އިޙްތިރާމްކުރުން.
 • އަތޮޅުގެ އިގްތިޞާދީ ވަސީލަތްތަކަށް އިހްތިރާމް ކުރުމާއި ރައްޔިތުންގެ މުދަލާއި ފައިސާއާއި ފުރާދުއްވާ އުޅަނދުފަހަރާއި ތަކެތި ރައްކާތެރިކުރުވައި ދެމެހެއްޓުން.

 

ތެދުވެރިކަން

 • މަސައްކަތުގައި އިޙްލާސްތެރިވުމާއި ތެދުވެރިވުން.
 • މަސައްކަތުގައި ޤާބިލްކަން ދެއްކުމާއެކު އިތުބާރު ދެމެހެއްޓުން.
 • ބުނާ ބަހާއި އަމަލާ ދިމާވުން.
 • އަމިއްލައަށް ކުށް ޤަބޫލުކުރުމާއި ކުށަށް ޒިންމާވުން.

 

އިޙްލާސްތެރިކަން

 • އެންމެ މަތީ ފެންވަރުގައި މަސައްކަތް ކުރުމުގައި ދެމިހުރުން.
 • މަސައްކަތުގެ ފެނވަރު ދަމަހައްޓާ މަގްސަދު ހާސިލްކޮށް ނަތީޖާ ނެރުމަށް އިސްކަންދިނުން.
 • މަގްޞަދުތައް ހާސިލްކުރުމަށްޓަކާ އެކަށޭނެ ރިސްކު ނަގަންކެރުން.
 • ތަޞައްވަރާއި މަގްޞަދުތައް ހާސިލްކުރުމަށް ވިސްނައިގެން މަސައްކަތް ކުރުން.

 

ހިއްވަރުގަދަކަން

 • އަމިއްލަ ނަފްސުން އަގުދައްކަން ޖެހުނުކަމުގައި ވިޔަސް ރަނގަޅު ހެޔޮގޮތް ޚިޔާރުކުރުން.
 • މީހާގެ މަޤުބޫލުކަން ގެއްލޭ ހާލަތުގައިވިޔަސް މަސައްކަތުގެ މިންގަޑުތައް ދެމެހެއްޓުން.
 • ނާކާމިޔާބު ވެދާނެކަމުގެ ބިރަށް ނުވިސްނާ އަބަދުވެސް ކާމިޔާބަށް ވިސްނައިގެން މަސައްކަތް ކުރުން.
 • ނަތީޖާ ހާސިލްކުރުމަށް ވިސްނައިގެން އުދަގޫ ފިޔަވަޅުތައްވެސް އެޅުން.

 

އުފެއްދުންތެރިކަން

 • މަސައްކަތުގެ މާހައުލުގައި އަބަދުވެސް އާ އުފެއްދުންތެރިގޮތްތައް ޚިޔާރުކުރުން.
 • އަންނަމުންދާ ބަދަލުތަކަށް ދޫ ދިނުމާއި އުފެއްދުންތެރި ހައްލުހޯދުމަށް މަސައްކަތްކުރުން.
 • މަސައްކަތް ކުރުމުގައި އަބަދުވެސް ތިމާވެއްޓާއި ރައްޓެހިގޮތްތައް ޚިޔާރުކުރުމާއި އުފެއްދުންތެރި ޚިޔާލުތަކާއި ގޮތްތަކާ ރައްޓެހިވުން.