އަތޮޅު ކައުންސިލް

ވިޝަން، މިޝަން ހިންގާ ޤަވާއިދު މަސްއޫލިއްޔަތުތަކާއި ބާރުތައް ޚިދުމަތްތައް އިދާރީ އިންތިޒާމްތައް

އަތޮޅު ކައުންސިލުންދޭ ޚިދުމަތްތައް

 

 

(ހ)    އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއް ރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި އެކިއެކި ޤާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާ ޙަވާލުކޮށްފައިވާ މަސައްކަތްކުރުން.

 

(ށ)    ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، އެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އެ އިދާރީ ދާއިރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުން.

 

(ނ)    އިދާރީ ދާއިރާއެއްގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

 

(ރ)    އިދާރީ ދާއިރާގެ އެންމެހައި ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.

 

(ބ)    ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުން.

 

(ޅ)    ރަށު ކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުން.

 

(ކ)    އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށު ކައުންސިލަކާ ޙަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.

 

(އ)    ކައުންސިލުން ދެންޖެހޭނެ ކަމަށް ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.