އޮފީސްތަކުގެ 8 ވަނަ ފުޓްސަލް މުބާރާތް ފައްޓައިފި

އދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މަހިބަދޫގައި ހުރި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ބާއްވަމުންއަންނަ "އޮފީސްތަކުގެ 8 ވަނަ ފުޓްސަލް މުބާރާތް 2016" މިއަދުހަވީރު މަހިބަދޫ ފުޓްސަލް ދަނޑުގައި ފެށިއްޖެ.

ޢދ. މާމިގިލީގައި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި.

އދ.އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ދެމެދުސޮއި ކުރެވުނު އެމް. އޯ. ޔޫ. ގެ ދަށުން އދ. މާމިގިލީގައި ހިންގި ސެޓްފިކެޓް 3 އިން އޮފީސްމެނޭޖްމަންޓް ކޯސް ނިންމާ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް 21 ޖުލައި 2016ވަނަ ދުވަހުގެ ހަވީރު ސެޓްފިކެޓް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

އަތޮޅުވެހި މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ކައުންސިލްގެ އަތޮޅުވެހި ޢިމާރާތުގެ ތިންވަނަ ފަންގިފިލާގައި ކުރަންހުރި މަރާތާއި ތިންވަނަ އަދި ދެވަނަ ފަންގިފިލާގެ ބޭރުފާރުގައި ކުރަންހުރި މަރާމާތު ކުރުމުގެ އެއްބަސްވުމުގައި އދ. މަހިބަދޫ ނަފާ އާދަމް މުޝްތަރުޝިދާއިއެކުގައި ސޮއިކޮއްފިއެވެ. މިއިދާރާއިން 25 އޭޕްރީލް 2016 ގައި ކުރި 04(IUL)234-C/234/2016/ނަންބަރު އިޢުލާނާއިގުޅިގެން ޝައުގެވެރިކަން ފާޅުކުރައްވައި...

news header announcements header

އދ. އަތޮޅު ޤުރްއާން މުބާރާތް 2016 ގެ 1 ވަނަ ރަށަކަށް މަހިބަދޫ، އަދި 1 ވަނަ ދަރިވަރަކަށް އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު މަރްޔަމް ނައުޝީން ޢަބްދުﷲ ހޮވިއްޖެ.

އދ. އަތޮޅު ޤުރްއާން މުބާރާތް 2016 ގެ 1 ވަނަ ރަށަކަށް މަހިބަދޫ، އަދި 1 ވަނަ ދަރިވަރަކަށް އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު މަރްޔަމް ނައުޝީން ޢަބްދުﷲ ހޮވިއްޖެ. މި މެއި މަހުގެ 05 އިން 07 އަށް މަހިބަދޫގައި ބޭއްވި މި މުބާރާތުގައި އދ. އަތޮޅުގެ 7 ރަށުން ބައިވެރިވެފައިވެއެވެ. އެއީ ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، ދަނގެތި، ދިގުރަށް، އަދި މާމިގިލި

އދ. އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން އދ. އަތޮޅު ރަށު ކައުންސިލްތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.

އދ. އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން އދ. އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުމެއް 20 އޭޕްރީލް 2016 ދުވަހު 11:00 އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އަތޮޅުގެ 10 ރަށުގެ ކައުންސިލުން (މަންދޫ ފިޔަވައި) ކޮންމެ ކައުންސިލަކުން 03 މެންބަރުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކަކީ ބިންބިމާއި ގޯތި ގެދޮރާއި ގުޅޭ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި

ސިޔާސީ ކަންކަމުގައި އަންހެނުން އިސްނެގުމާއި ހަރަކާތްތެރިކުރުވުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުން ފައްޓައިފި

ހޯޕް ފޮރ ވިމަން އާއި އދ. އަތޮޅު ކައުންސިލް ގުޅިގެން ސިޔާސީ ކަންކަމުގައި އަންހެނުންގެ އިސްނެންގެވުމާއި ހަރަކާތްތައް އިތުރުކުރުވުމުގެ ގޮތުން މަސައްކަތު ބައްދަލުވުމެއް ވަނީ 02 ޑިސެމްބަރު 2015ގައި ވަނީ ފައްޓާފައެވެ. ހޯޕް ފޮރ ވުމަންގެ ރައީސާ އަލްފާޟިލާ އަނީސާ އަހުމަދު ޝަރަފްވެރިކޮށް ފައްޓަވައި ދެއްވި ތިން ދުވަހުގެ މުއްދަތައް ހިންގާ މިވޯކްޝޮޕްގައި މަހިބަދޫގެ އިތުރުން ދިގުރަށް، ފެންފުށި، ކުނބުރުދޫ އަދި މާމިގިލިން ޖުމްލަ 36 ބައިވެރިވެއެވެ.

އދ އަތޮޅުކައުންސިލް އިން ހިނގި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޓިވް ކޯހުގެ ދަސްވެނިވުން ބާއްވައިފި.

އދ.އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ދެމެދު ސޮއި ކުރެވުނު އެމް އޯ ޔޫ ގެ ދަށުން ހިންގި ސެޓްފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް ކޯސް ނިންމާ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް 20 މެއި 2015 ވަނަ ދުވަހުގެ ރޭ ސެޓްފިކެޓް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ސިވިލްސަރވިސް އިންސްޓިޓިއުޓްއާއި އދ. އަތޮޅު ކައުންސިލް އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް އިފްތިތާހްކޮށްފި

ސިވިލްސަރވިސް އިންސްޓިޓިއުޓްއާއި އދ. އަތޮޅު ކައުންސިލް އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް އިފްތިތާހްކޮށްފި
gallery header
އަތޮޅު ޤުރުއާން މުބާރާތް 2016 ހޯޕް ފޮރ ވިމަން ވޯކްޝޮޕް ސެޓްފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް ކޯސް ނިންމުމުގެ ރަސްމިއްޔާތު
holhuashi header
No topic found